ގާޒާއަށް އެހީ ވަންނަ ހުރިހާ ދޮރެއް އިސްރާއީލުން ބަންދުކޮށްފިއެވެ.
ގާޒާގެ ހާލަތު އިތުރަށް ގޯސްކޮށް އިންސާނީ އެހީން އެ ސިޓީގެ އާންމުން މަހުރޫމުކުރުމަށް ހުރިހާ ދޮރެއް ބަންދުކުރުމަށް ފަހު ވަނީ އެމެރިކާއިން ހުށަހަޅާފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރާ ޕްލޭނަށް އެއްބަސްވުމަށް ޝަރުތުކޮށްފައެވެ.
މިސްރާއި ގަތަރުގެ އިތުރުން އެމެރިކާއިން މެދުވެރިވެގެން ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ހޮނިހިރު ދުވަހު ނިމިފައިވާއިރު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހަމާސް އިން އެއެއްބަސްވުން އިތުރުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ހަމާސްގެ ތަރުޖަމާނު ވަނީ އިސްރާއީލުން މިހާރު ދަނީ ގާޒާއަށް އިންސާނީ އެހީ ވަންނަ ދޮރުތައް ބަންދުކޮށް ބްލެކްމެއިލް ކުރަމުންކަމަށާއި އެއީ ބަގާވާތެއް ކުރުން ކަމަށް ބުނެފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު ދެވަނަ މަރުހަލާގެ މަޝްވަރާގައި ވަނީ ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ޝަރުތުކޮށްފައެވެ. އަދި އިސްރާއީލުން ގާޒާ އެއްކޮށް ދޫކޮށްލުމަށް ވަނީ ނިންމައިފައެވެ.
ހަމާސް އިން ވަނީ އިސްރާއީލުން ދެވަނަ މަރުހަލާގައި ބުނާ ކަންކަމަށް އަމަލުކުރާނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ