މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދަށް ބަންދުކޮށްފިއެވެ.
ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިފައެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ސަރުކާރުން މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ އާއި ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވެފައިވާތީ ބަލި މީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދަށް ބަންދުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ، އޯޕީޑީތައް ބަންދު ކުރި ނަމަވެސް އެ ހަތަރު ހޮސްޕިޓަލްގައި ވެސް އައިޕީޑީގެ ހިދުމަތް ލިބޭނެ ކަމަށެވެ.
މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތައް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ވަކިން ހާއްސަކޮށް އައިޖީއެމްއެޗާއި ދަރުވަމަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމުން، އެ ސަރަހައްދު އޮތީ ފެނު އަޑީގައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހއ. އިން ޅ އަތޮޅަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު