"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހަދާ ޓަވަރުތަކުން ދެ ކޮޓަރީގެ ފްލެޓްގެ މަހު ކުއްޔަކީ 7،000 ރުފިޔާ ކަމަށާއި ތިން ކޮޓަރީގެ މަހު ކުއްޔަކީ 9،000 ރުފިޔާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ފްލެޓްތަކަށް ކުރީ ސަރުކާރުން ނަގަން ނިންމި ކުއްޔަކީ ދެކޮޅު ޖެހޭ ކުއްޔެއް ނޫން ކަމަށާއި އެހެންކަމުން މި ސަރުކާރުން ކުއްޔަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
- މަހު ކުލި: 7،000 ރުފިޔާ (މަހަކު)
- މެއިންޓަނެންސް ފީ: 1،500 ރުފިޔާ (މަހަކު)
- ސެކިއުރިޓީ ޑިޕޮސިޓް: 15،000 ރުފިޔާ
- މަހު ކުލި: 9،000 ރުފިޔާ (މަހަކު)
- މެއިންޓަނެންސް ފީ: 1،500 ރުފިޔާ (މަހަކު)
- ސެކިއުރިޓީ ޑިޕޮސިޓް: 20،000 ރުފިޔާ
މިނިސްޓަރު ވިދާޅުވީ، ކުއްޔަށް ބަދަލުތަކެއް ގެނައުމުންވެސް "ގެދޮރުވެރިޔާ" ސްކީމުގެ ޓަވަރުތައް އަޅަން ނަގާފައިވާ ލޯނަށް ފައިސާ ދައްކަން އަހަރަކު ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށެވެ.
ކުރީ ސަރުކާރުން ފްލެޓްތަކުގެ އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް 5،000 ރުފިޔާގެ ކުއްޔަކާއި މެއިންޓެނެންސްއަށް 1،000ރ. އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް 7،000 ރުފިޔާގެ ކުއްޔާއި މެއިންޓެނެންސްއަށް 1،000 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު