މި އަހަރު ނިމުމުގެ ކުރިން ދ. ކުޑަވަހުދޫގައި ޑޮލަރު އޭޓީއެމްއެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުޑަހުވަދޫއަކީ އެއާޕޯޓެއް އޮންނަ، ކައިރީގައި ރިސޯޓްތަކެއް އޮތް އަދި މި ސަރުކާރުން އާބަން ސެންޓަރަކަށް ހަދާ ރަށަކަށްވާތީ ރަށުގައި ޑޮލަރު އޭޓީއެމްއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ރައްޔިތުންގެ އުއްމީދުތަކާ ގުޅޭ ގޮތަށް ތިބޭފުޅުން ބޭނުންވެލައްވާ ގޮތަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން މި އަހަރު ނިމުމުގެ ކުރިން މި ރަށުގައި ޑޮލަރުގެ އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެކަމަށްޓަކައި ބީއެމްއެލްއަށް ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތަށް ބޭންކިން ހިދުމަތް ގެންދިއުމުގެ ސިޔާސަތު ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

ބީއެމްއެލް އިން މިއަދު ވަނީ ކުޑަހުވަދޫގައި ސެލްފް ސާވިސް އޭޓީއެމްއެއް ބަހައްޓައި، އެ ބޭންކުގެ އާ އިމާރާތުގެ ބިންގާވެސް އަޅައިފަ އެވެ.