ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ހުރިހާ ގޭބިސީއަކަށް ލިބެންދެން ބަހާނެ ކަމަށާއި އެހެންކަމުން މަސްދަޅު ކޭސް ހޯދުމަށް ކޮންމެހެން ދިގު ކިޔުލައިނުގައި ޖެހެން ނުޖެހޭނެ ކަމަށް ލޯކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
މާލޭ ސަަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށައިފައިވަނީ ރޭ 8:30 ގައެވެ. މަސްދަޅު ކޭސް ހޯދުމުގެ ގޮތުން މީހުން ވަނީ 6:30 އިން ފެށިގެން ކިޔުގައި ޖެހެން ފަށައިފައެވެ.
އާދަމް ޝަރީފު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި އާންމުން އެކަމަށް އިޖާބަ ދިން މިންވަރަށް ބަލާއިރު ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި މާދަމާގެ ކުރިން އިއުލާންކުރާނެ ކަމަށެވެ.
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭގައި: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރު ދިހައެއްގެ ޔޫތު ސެންޓަރު
މިނިސްޓަރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން އެތަންތަނުގެ އިތުރުން ގަލޮޅު ދަނޑުގެ ހަތަރު ފަރާތުގެ ސިޑިބަރިން ކައިރިން، ހެންވޭރު ދަނޑު އަދި ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭކުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ.
"ދިގު ކިޔުއަށް ނޭރިޔަސް ކުރިޔަށް މިއޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ ގިނަ ވަގުތު ކިޔުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
"ޖުމްލަ 13 ތަނަކުން، ކޮންމެ ތަނެއްގައި ފަސް މޭޒުން މަސްދަޅު ދޫކުރަމުންދާނެ"
މަސްދަޅު ހޯދުމަށް ބުރާސްފަތި ދުވަހުގެ ރޭ ކިޔުލައިނުގައި ޖެހުނު ބައެއް މީހުންނަަށް މަސްދަޅު ލިބިފައިވަނީ އެ ރޭ ދަންވަރު 3:00 ޖެހިއިރުއެވެ.
"ރޭގައި ކިޔުގައި ގިނަ ވަގުތު ތިބެންޖެހުނީތީ ހިތާމަކުރަން. މޭންޕަވާ އިތުރުކޮށް އިންތިޒާމު ރަނގަޅު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން" އާދަމް ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު