އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ބައެއް އަސީރުންގެ ހަށިތައް މާދަމާ ހަވާލުކުރަން ނިންމައިފިއެވެ.
ހަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އަސީރުންގެ ގޮތުގައި ހައްޔަރު ކުރި މީހުން ދޫކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގައިވާގޮތަށް ހަމާސް އިން ވަނީ މީހުން ދޫކުރަން ފަށާފައެވެ.
ހަމާސް އިން ވަނީ އަސީރުންގެ ތެރެއިން މާދަމާ ދޫކުރަން ހަމަޖެހިފައިވަނީ އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވެފައިވާ ހަތަރު އަސީރެއްގެ ހަށިކަމަށް ބުނެފައެވެ. އޭގެތެރޭގައި އަސީރުންގެ ގޮތުގައި ހައްޔަރުކުރި އެންމެ ހަގު މީހުން ވެސް ހިމެނޭނެކަމަށް ހަމާސް އިން ބުނެއެވެ.
ހަމާސް ބުނެފައިވާ ގޮތުގައި، އިސްރާއީލުން ދިން ހަމަލާގައި މަރާލާފައިވަނީ މިމަހުގެ ކުރީކޮޅު މިނިވަން ކޮށްފައިވާ އަސީރެއްގެ ދަރީންނެވެ.
މި ހަށިތައް ހަވާލުކުރުމުގެ ބަދަލުގައި އިސްރާއީލުގެ ހައްޔަރުގައި ތިބި މީހުންގެ ތެރެއިން 19 އަހަރުން ދަށުގެ ހުރިހާ އަންހެންކުދީން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ