ހާފް މެރަތަންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

ހާފް މެރަތަން ގެ ދުނިޔޭގެ ރެކޯޑު މުގުރާލާފައިވަނީ ޔޫގަންޑާގެ ޖަކޮބް ކިޕްލީމޯ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ބާސެލޯނާގައި ކުރިޔަށް ދިޔަ ވޯލްޑް އެތްލެޓިކްސް ގޯލްޑް ލޭބަލް ރޯޑް ރޭހުގައި ހާފް މެރަތަން 56 މިނެޓާއި 42 ސިކުންތުން ނިންމާފައެވެ.

ކިޕްލީމޯ ވަނީ 2021 އަދި 2024 ވަނަ އަހަރުވެސް ހާފް މެރަތަންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފައެވެ. އެފަހަރު އޭނާ ވަނީ އޭގެ ކުރިން އެ ރެކޯޑު ގާއިމުކޮށްފައިވާ އިތިޔޯޕިއާގެ ޔޯމިފް ކަޖެލްޗާގެ ރެކޯޑު 48 ސިކުންތުގެ ތަފާތުން މުގުރާލައިފައެވެ.

ހާފް މެރަތަންގެ ދުނިޔޭގެ ރެކޯޑު މުގުރާލުމަށްފަހު ޖަކޮބް ކިޕްލީމޯ ވަނީ އޭނާ ރޭސް ފެށިއިރު އެވަރުގެ ރެކޯޑެއް ގާއިމުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ބުނެފައެވެ.