ސްރީ ލަންކާގެ ޑްރަގް ނެޓްވޯކްތަކުން 30،000 މީހުން ހައްޔަރުކޮށްފިއެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިއީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިޔަށްގެންދާ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ބުއްދިއްކާ މަނަތުންގާ ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން 920 މީހުންނަކީ އެކި ކުށްތަކުގެ މައްސަލަތަކުގައި ހޯދަމުން އަންނަ މީހުން ކަމަށާއި 14،000 މީހުން ހައްޔަރުކުރަން މީގެ ކުރިން އަމަރު ނެރެފައިވީ ނަމަވެސް އުޅޭ ތަން ނޭނގުމުގެ ސަބަބުން ނުހޯދި ވާ މީހުންގެ އިތުރުން ޑްރަގާއި ގުޅުން ހުރި މައްސަލަތަކުގައި 16،000 މީހުން ހިމެނޭ ކަމަށެވެ.
ލަންކާގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންނާ ގުޅުން ހުރި ތަންތަނުން 197 ހަތިޔާރާއި 14 ކިލޯގެ ހެރޮއިންގެ އިތުރުން 20 ކިލޯ ހަޝިޝް އާއި 33 ކިލޯ މެތް ފެނިފައިވާ ކަމަށް ތަރުޖަމާނު ވަނީ ފާހަގަކުރައްވައިފައެވެ. އަދި މީގެ އިތުރުން 1،123 ކިލޯގެ ކެނަބިސް ވެސް އަތުލައިގެންފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ލަންކާގައި ޑްރަގް ނެޓްވޯކްތައް ހޯދައި ނައްތައިލުމަށް ކުރިޔަށްގެންދާ އޮޕަރޭޝަން އަދިވެސް ކުރިޔަށް ދާކަމަށާއި ކުށްކުރާ މީހުންނާއި ޑްރަގް ނެޓުވޯކުތައް ހުއްޓުވެންދެން މި މަސައްކަތް ކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
ލަންކާގެ ސަރުކާރުން ވަނީ އެ ގައުމުގައި ކުރިޔަށްދާ ކުށްތަކާއި ޑްރަގާއި ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ފޯހަށްށް 10،000 ފުލުހުން އިތުރުކުރުމަށް ވެސް ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ