މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އެހީގައި މާމިގިލީގައި މިސްކިތެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
އދ. މާމިގިލީ ރައްޔިތުންނާއި ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތިން ގާސިމް އިބްރާހީމް އެރަށުގައި ބިނާކޮށްދެއްވި މިސްކިތް، މަސްޖިދުއް ޒިކުރާ ހުޅުވައިދެއްވީ އެދާއިރާގެ މެންބަރު ގާސިމްއެވެ.
ޖޭޕީގެ އިސްތަރުޖަމާނު އަދި އެ ޕާޓީގެ ރެޖިސްޓަރާ އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ މިސްކިތް ބިނާކުރުމުގެ މަސައްކަތަށް ހޭދަވީ 57 ދުވަސް ކަމަށާއި އެ މިސްކިތުގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުގައި ކަމަށެވެ. އަދި އެ މިސްކިތަކީ 215 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
"ފާހަނަ ބަރިއަކާއި އަދި ވުލޫކުރަން އިސްކުރުބަރި ލާފައި ހުންނާނެ. އެތަނުގައި ކުރިން ހުރި ކުޑަ މިސްކިތެއް. އެ އަވަށުގެ މީހުންނަށްވެސް ކުޑަ. ތަންކޮޅެއް ބާވެފައި ހުރި މިސްކިތަކަށްވާތީވެ މިސްކިތް އިތުރަށް ބޮޑުކޮށް ލުމަށް ކައުންސިލާ ރައްޔިތުން ގާސިލް އަރުއަހުގައި އެދިވަޑައިގަތީމަ، އެތަން ބައްލަވާލައްވާފައި އެމަނިކުފާނު ނިންމެވީ، އަލުން މިސްކިތް ބިނާކުރުމަށް،" އަލީ ސޯލިހު ވިދާޅުވިއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އެތަން އިމާރާތް ކުރުމަށް ގާސިމް ނިންމެވީ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު