ގެސްޓްހައުސްތައް އިތުރު ކުރުމަށް ހދ. ނޮޅިވަރަންފަރުން ނުވަ ބިން ކުއްޔަށް ދިނުމަށް ނިންމައި އެ ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ނޮވިވަރަންފަރު ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ދިވެހި ނުވަތަ ރާއްޖެއިން ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުށަހެޅުމަށް ކައުންސިލުން ދައުވަތު ދިނުމާއި ނޮޅިވަރަންފަރުގެ ބިންތަކުގައި ޓޫރިސްޓް ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 1300 އާ ދެމެދު ނޮޅިވަރަންފަރު ކައުންސިލްގެ ރިސެޕްޝަންގެ ސެކްރެޓޭރިއޭޓް، ނުވަތަ އީމެއިލް މެދުވެރިކޮށް މި ކަމާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުންޏެވެ.
ބިޑާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގެ 12:00 ގެ ކުރިން އެރަށު ކައުންސިލުންނެވެ.
އެ ރަށު ކައުންސިލުން ބުނީ ގެސްޓްހައުސްތައް އިމާރާތްކުރާ ބިންތައް ދޫކުރަން ނިންމާފައި ވަނީ ކަނޑައަޅާފައިވާ ޓޫރިސްޓް ޒޯނުން ކަމަށެވެ. ބިންތަކުގެ ބޮޑުމިނަކީ 14386.33 އަކަފޫޓްގެ އެއްބިން، 6895.69 ދެ ބިން، 2065.96 އަކަފޫޓްގެ ތިން ބިމުުގެ އިތުރުން 2170.40 އަކަފޫޓްގެ ތިން ބިމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ ވީއައިއޭ މެދުވެރިކޮށް ކަމަށާއި ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ މިމަހުގެ 27 އިން މިއަހަރުގެ އޭޕްރިލް ހަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު