ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަދި މިހާރު ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ތަކްރީމް ކުރައްވައިފިއެވެ.
އައްބާސް ޝަރީފު ތަކްރީމް ކުރައްވާފައިވަނީ، "ގަޟާއީ އަހަރު 2025" އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކި ކޯޓުތަކުގެ ފަނޑިޔާރުން އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އައްބާސް ޝަރީފަށް ވަނީ ސުޕްރީމް ކޯޓުގެ ސިއްކަ ޖަހާފައިވާ ފަތްކޮޅާއި ޝަރަފުގެ މެޑަލް އަރުވައިފައެވެ. ފަތްކޮޅާއި ޝަރަފުގެ މެޑަލް، އައްބާސް ޝަރީފަށް އަރުވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
އައްބާސް ޝަރީފް ވަނީ ހަތަރު އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވައިފައެވެ. ފަނޑިޔާރުކަމުގެ މަގާމުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ރިޓަޔާވެވަޑައިގެންނެވި އިރު، އައްބާސް ޝަރީފް ހުންނެވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައެވެ.
ތަކްރީމް ކުރުމަކީ ޝަރުއީ ދާއިރާއަށް ހިދުމަތް ކޮށްދެއްވާފައިވާ ފަނޑިޔާރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް އެރުވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު