ކޯރާޑިއަކުން މީހަކަށް ހަމަލާދިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޕޮލިސް މީޑިއާއިން މިއަދު ބުނީ ހުޅުމާލެ ބޯގަންވިލާމަގު، ރެހެންދި ޓާފު ދަނޑު ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދީފައިވާ މައްސަލަ ރޭ 23:35 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ފޮޔޯރީ/ ހީނާމާގެ، ރުސްތަމް އިވބްރާހިމް 25އ. އަދި ބ. ގޮއިދޫ/ ސްޓާ، ސައިފުﷲ ފައިސަލް، 19 އ. ކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަލާގައި އަނިޔާވި މީހާއަށް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައި ކަމަށާއި އެ މާރާމާރީގައި ހަމަލާދީނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

" އެ މީހާ ހުއްޓުވި ސަރަހައްދުން، މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވޭ. އަދި ވަޅިއެއްވެސް ވަނީ ފެނިފައި." ޕޮލިސް މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.