އޭޑީކޭ ގުރޫޕްގެ ލަގްޒަރީ ބޮޑު ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ ރީތިރަށް ރިސޯޓު ކައިރިން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ވަގުތު އޭގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އެ ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ސްޓޭބަލް ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު