މާލޭގެ ކެފޭއެއްގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އެ ކެފޭގެ ކައްކާ ހައްޔަރުކޮށްފިއެވެ.
މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އެ މާރާމާރީ ހިންގާފައިވަނީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ކައްކާއާއި ބަންގުލަދޭޝްއަށް ނިސްބަތްވާ ހެލްޕަރާ ދެމެދުއެވެ.
ޕޮލިސް މީޑިއާ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާރާމާރީއާ ގުޅިގެން ނޭޕާލުގެ ފިރިހެނެއް ކަމަށްވާ ސިދަރުތާ ގުރުންގު 24އ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ އެ ކެފޭގެ ކައްކާއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝްގެ މީހާގެ ހާލު ސީރިއަސްއެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު