ތިމާވެއްޓާ ރައްޓެހި ހަތަރު ޕާކިން އިމާރާތް ހެދުމުގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މާލޭގައި އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހަދާ އެ އިމާރާތްތަކަކީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން އެހީގެ ދަށުން ހަދާ ތަންތަން ކަމަށެވެ.
އެގޮތުން އެ އިމާރާތްތަކަކީ ތިމާވެއްޓާ ރަށްޓެހި، އިއާދަކުރަނިވި ހަކަތައިން ހަކަތަ ޖެނެރޭޓްކުރާ ޕާކިން އިމާރާތްތަކެއް ކަމަށާއި އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ހަމައަށް ގޮސްފައިވާއިރު، އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިންމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު