ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ހާއްސަ މަޝްރޫއު މިއަހަރު ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވި ގޮތުގައި، ދިވެހި މަސްވެރިކަން ޒަމާނީކުރާ ގޮތަށް، ދިވެހި ދަނޑުވެރިކަންވެސް ޒަމާނީކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި ދިވެހި އިގުތިސޯދުގެ މުހިންމު ބައިވެރިޔަކަށް ދިވެހި ދަނޑުވެރިކަން ބަދަލުކުރަން ބޭނުންފުޅުވާ ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ތަރައްގީގެ ހާއްސަ މަސައްކަތްތަކެއް މި އަހަރު ކުރުމަށް ރާވާފައިވާ ކަމަށާއި އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ހާއްސަ އިގުތިސާދީ ޒޯނެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ހާއްސަ މަޝްރޫއެއް މި އަހަރު ފެށިގެންދާނެ. އަދި މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ސްޓޭޓް ޓްރޭޑް އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ދެމެދު ވަނީ 2024 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގެ 200 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު