ލާމު އަތޮޅުގައި އޮންނަ ސިކް ސެންސަސް ލާމުގައި އެ ރިސޯޓުގެ ރީޖަނަލް ޖެނެރަލް މެނޭޖަރަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ވަކި ރިސޯޓެއްގެ ނަމެއް އަދި ހަމަލާދިން މީހާގެ މަގާމު ހާމަނުކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ލާމު އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް 'ވަން' އަށް އެނގިފައިވާ ގޮތުގައި ހަމަލާދީ މާރާމާރީ ހިންގާފައިވަނީ ސިކް ސެންސަސް ލާމު ކަނުހުރާގެ ރީޖަނަލް ޖެނެރަލް މެނޭޖަރު މާޓީން ވޭން ވެލްއަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ އެ ރިސޯޓުގައި ކަމާއި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ކަންވެސް އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު