ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފަހު ޝިޕްމެންޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ބްލޮކް ބާލައި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
އުލިގަމު ބަނދަރު މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2023 ޖުލައި 18 ގައި، 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ސެޕްޓެމްބަރު ހަ ވަނަ ދުވަހުގައެވެ.
އުލިގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 73.88 މިލިއަން ރުފިޔާއަށެވެ.
- ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
- 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުން
- 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
- 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
ޚަބަރު
ޚަބަރު
ޚަބަރު