ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ މަންމާފުޅު ޒަމީރާ އުމަރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުހައްމަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޒަމީރާ އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާގެ މަންމާފުޅު ޒަމީރާ އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ދެކަނބަލުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"މަރުހޫމާ ޒަމީރާ އުމުރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މާތްﷲ ގެ ތަނަވަސް ރަހުމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓުން އެދި ދުއާ ކުރަމެވެ. އާމީން" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު