އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 110 ރަހީނުން މިނިވަން ކޮށްފިއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމުގެ ގޮތުން ދެފަރާތުން ވަނީ މީހުން މިނިވަން ކުރަން ފަށާފައެވެ.
ހަމާސް އިން ހިފަހައްޓާފައިވާ އަސީރުންގެ ތެރެއިން، ރޭވިފައިވާ ގޮތަށް އިއްޔެ ވަނީ ހަތް މީހަކު ދޫކޮށްލައިފައެވެ. އެ ހަތް މީހުންގެ ތެރޭގައި ހިމެނެނީ އިސްރާއީލަށް ނިސްބަތްވާ ފަސް މީހަކާއި ތައިލެންޑުގެ ދެ މީހަކު ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމާސް އިން ހަތް އަސީރުން ދޫކޮށްލި ނަމަވެސް އިސްރާއީލުން ދޫކޮށްލަން ޖެހޭ ފަލަސްތީނުގެ 110 މީހުން ދޫކޮށްލީ ވަރަށް ބޮޑަށް ފަސްކުރުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އިސްރާއީލުން މިނިވަން ކުރަން ޖެހޭ ފަލަސްތީނުގެ 110 މީހުން ދޫކޮށްލާފައިވަނީ އިސްރާއީލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ ފަހުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ