ކ. ގާފަރުގައި ބިދޭސީއެއްގެ ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އިން މައުލޫމާތު ދިން ގޮތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާއަށް ވަޅިން ހަމަލާ ދީގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 7:05 ހާއިރެވެ.
އެ ހަމަލާ ދީފައިވަނީ އެ ބިދޭސީ މީހާ މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހަމަލާ ދިނީ ކީއްވެގެން ކަމެއް އަދި ސާފެއް ނޫނެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ގާފަރު/ ގުލިސްތާނު، ޖާޒިމް ޖައުފަރު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު