އިޒްރޭލުން ލުބުނާނަށް ހަމަލާދީ 22 މީހުން ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލުގެ ސިފައިން މިދިޔަ އާދިއްތަ ދުވަހު ދެކުނު ލުބުނާނަށް ދިން ހަމަލާގައި 22 މީހުން ޝަހީދުވެފައިވ އިރު އި124 މީހުންނަށް ވަނީ އަނިޔާވެފައެވެ. އިޒްރޭލުން އެސަރަހައްދަށް ހަމަލާ ދީފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓުވުމުގެ އެއްބަސްވުމާ ލުބުނާނުން ހިލާފުވުމުން ކަމަށް އިޒްރޭލުން ބުނެއެވެ.

ލުބުނާނުން ބުނީ އިޒްރޭލުން އެހަމަލާ ދީފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓުމާއެކު އެތައް ހާސް މީހުން އެނބުރި ގެތަކަށް ދަތުރުކުރަނިކޮށް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލުބުނާނުގެ ދެކުނު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާގައި ލުބުނާނުގެ ސިފައިންގެ މީހަކުވެސް ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ވަނީ އެހަމަލާ ދިނުމުގެ ކުރިން އިންޒާރުދިން ކަމަށް ބުނެފައެވެ.