ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު، މުއުމިނާ ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް މުއުމިނާ އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ، މި މަހު 16 ގައެވެ. އޭނާ އެ މަގާމަށްް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މުއުމިނާއަކީ މިހާރުވެސް އެޗްއާރްސީއެމްގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މިދިޔަ ސަރުކާރުގައި 8 ސެޕްޓެމްބަރު 2020ގައެވެ.
މުއުމިނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު