އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް)ގެ ޗެއާމަންގެ މަގާމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އައްޔަންކޮށްފިއެވެ.
އައިއޭއެސްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ކަމަށް ޝަފީއު އައްޔަންކުރިކަން އެ ކުންފުނިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފައެވެ.
މިއީ ޝަފީއު، އައިއޭއެސްއެލްގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝަފީއު އެ މަގާމަށް އައްޔަންކުރެއްވިއެވެ.
ޝަފީއު ވަނީ މީގެ ކުރިން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
އެންމެ ފަހުން އައިއޭއެސްއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު މިހާދެވެ. ނަމަވެސް މިހާދު، އެ މަގާމުން އިސްތިއުފާދެއްވީ ކަމެއް ނުވަތަ ވަކިކުރެއްވީ ކަމެއް މިހާތަނެއް ކަށަވަރުކުރެވިފައެއް ނުވެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި