އިސްރާއީލުގެ މިލިޓަރީ ޗީފް ލެފްޓިނެންޓް ޖެނެރަލް ހާޒީ ހަލޭވީ އިސްތިއުފާދީފިއެވެ.

އިސްރާއީލުގެ މިލިޓަރީ ޗީފް އިސްތިއުފާ ދީފައިވަނީ އެގައުމަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް އިން ދިން ހަމަލާ ހުއްޓުވުމުގައި ފެއިލިވުމުން ކަމަށް ވިދާޅުވެއެވެ.

ހާޒީގެ އިސްތިއުފާގެ ސިޓީގައި ވަނީ އެ ދުވަހުގެ ހަމަލާ ހުއްޓުވުމަށް މަސައްކަތް ނުކުރެވުނުކަމަށާއި އެކަމުގެ ޒިންމާ ނަންގަވާ ކަމަށެވެ.

ހާޒީގެ ސިޓީގައި އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ އިންސާނިޔަތާ ހިލާފު އަމަލުތަކުގެ ކާމިޔާބީ ފާހަގަކޮށްފައިވެއެވެ. އަދި ހަނގުރާމައިގައި އިސްރާއީލަށް ބޮޑު ކާމިޔާބެއް ނުލިބޭ ކަމަށާއި ގިނަ ކަންތައްތަކެއް ހާސިލު ނުވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އިސްރާއީލުގެ މިލިޓަރީގެ ދެކުނުގެ ކޮމާންޑަރުވެސް ވަނީ ހަމަ އެއް ބަހަނާއެއް ދައްކަވައި އިސްތިއުފާ ދެއްވައިފައެވެ.