ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ތިން މީހަކު މިނިވަން ކޮށްފިއެވެ.
އިސްރާއީލާއި ހަމާސް އިން ކުރަމުން އަންނަ ހަނގުރާމަ މަޑުޖައްސާލައި ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ހެދި އެއްބަސްވުމުގެ ދަށުން، ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ފުރަތަމަ ދޫކޮށްލުމަށް ނިންމާފައިވާ ތިން މީހުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމާސް އިން ދޫކޮށްލި ތިން މީހުން އިސްރާއީލަށް ގެންދިއުމާއި އިސްރާއީލާއި ހަވާލު ކުރުމަށް މެދުވެރިއަކަށް ވެފައިވަނީ ރެޑް ކްރޮސްއިންނެވެ.
ހަމާސްގެ އުޅަނދުން އެތިން މީހުން ނެރެ ރެޑް ކްރޮސްގެ އުޅަނދަށް އެރުވުމަށް ގެންދިޔަ ސަރަހައްދަށް ފަލަސްތީނުގެ ގިނަ އަދަދެެއްގަ ބަޔަކު ވަނީ އެއްވެފައެވެ. ރެޑް ކްރޮސް އިން ވަނީ ހަމާސް އިން އެއްބަސް ވެފައިވާގޮތަށް ތިން މީހުން ހަވާލުކޮށްފައިވާކަމަށް ބުނެފައެވެ.
ރެޑް ކްރޮސް އާއި ހަވާލާދީ އިސްރާއީލުގެ އޮފިޝަލުން ވަނީ އެތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެމީހުން އިސްރާއީލުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްލާފައިވާކަމަށް ބުނެފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލި އެއްބަސްވުމުގައި ވާގޮތުން އިސްރާއީލުން ވެސް އެގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާންމުންގެ ތެރެއިން 2000 މީހުން ދޫކޮށްލަން ޖެހެއެވެ.
ހަމާސް އިން ވަނީ އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލާ ފުރަތަމަ ގުރޫޕުގެ މީހުން ދޫކޮށްލާއިރު އޭގެތެރޭގައި ހިމެނޭނީ 69 އަންހެނުންނާއި 21 ޒުވާނުން ކަމަށް ބުނެފައެވެ.
15 މަސްދުވަހަށް ދެމިގޮސްފައިވާ އެހަނގުރާމައިގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާޒާ ސުންނާފަތިކޮށްލާފައެވެ. ހަމަލާތަކުގެ ސަބަބުން ގާޒާ ދޫކޮށްލި މީހުން އެނބުރި ގާޒާއަށް އެތެރެވާން ވަނީ ފަށާފައެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނިންމި ނިންމުމުގެ ސަބަބުން ޮަލަސްތީނުގެ އާންމުން ވަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރަން ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ