ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ޓީޗަރު ކޯޓުން ދޫކޮށްލައިފިއެވެ.
މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އަންހެން ޓީޗަރަކު އެ ދަރިވަރަށް އަނިޔާކުރި މައްސަލަ ފެންމަތިވީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ މައްސަލަ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓްރީން އެކަން މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހެޅިއެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު ޓީޗަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ކަމަށެވެ. ނަމަވެސް ކޯޓުން ޝަރުތުތަކާ އެކު އެ ޓީޗަރު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު