ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓަށް ރުމޭނިއާ އާއި ކަޒަކިސްތާން އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަޒަކިސްތާނުން 1،863 ފަތުރުވެރިން އައިސްފައިވެއެވެ. އެ ގައުމު އޮތީ ލިސްޓުގެ ނުވަ ވަނައިގައެވެ. 10 ވަނައިގައި އޮތް ރުމޭނިއާ އިން 1،839 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގެ ލިސްޓުން ރުމޭނިއާ އާއި ކަޒަކިސްތާން ޖާގަ ހޯދާފައި މިވަނީ ސްޕެއިން އަދި ސްވިޒަލެންޑް ވައްޓާލުމަށްފަހު އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 90،659 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އަށް ޕަސެންޓް އިތުރުވުމެކެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 12،920 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 10،662 ފަތުރުވެރިން އައިސްފައިވެއެވެ.
މިދިޔަ އަހަރު ނިމުނުއިރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާ އަދި އޮތީ ހަތަރުވަނައިގަ އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން އައިސްފައިވަނީ 6،667 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު