އަހަރަކު ދެފަހަރު ބައި އިލެކްޝަންސްތައް ބޭއްވުމަށް ހަމަޖެހުނު އިސްލާހުގެ ދަށުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ތާވަލު ކުރި އިންތިހާބުތަކުގެ ބައިއިލެކްޝަންގައި 20 ފޮށި ބަހައްޓަން ހަމަޖައްސާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.
އެ ކޮމީޝަންުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރުގެ މެންބަރު ހަސަން ޒަކަރިއްޔާ ދައުލަތުގެ މީޑިއާގައި ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައި ބައި އިލެކްޝަންގައި ޖުމުލަ 20 ފޮށި ބަހައްޓަން ހަމަޖައްސާފައި ވީ ނަމަވެސް ރީ ރަޖިސްޓްރީ މަރުހަލާ ނިމުމުން އެ އަދަދަށް ބަދަލެއް އައުން އެކަށިގެންވާ ކަމަށެވެ.
ބައި އިލެކްޝަންގެ ފޮށިތައް ބަހައްޓަނީ 11 ދާއިރާއެއްގައެވެ. 11 ދާއިރާތެރޭގައި ހދ. ހިރިމަރަދޫ، ނ. ލަންދޫ. ނ. މަނަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، ހދ. ހަންޏާމީދޫ، ދ، ހުޅުދެލި، ލ. ގަން، ތ. ބުރުނި، ގއ. ކަނޑުހުޅުދޫ އަދި މާލެ ސިޓީ އެވެ.
"ނަމަވެސް މިހާރު ތާވަލުކޮށްފައި އޮތީ ލ. ގަމުގައި 3 ފޮށި، އޭގެ އިތުރުން ހުރި ކޮންމެ ރަށެއްގައި 1 ފޮށި ބަަހައްޓާފައި މާލޭގައި މިވަގުތަށް އެސްޓިމޭޓު މިކުރަނީ 4 ފޮށި ބަހައްޓަން. އެހެން ނަމަވެސް މާލޭގައި މި އަދަދު ބިނާވާނީ ރީ ރަޖިސްޓްރޭޝަން ކޮށް ނިންމުމަށްފަހު. ގަބޫލުކުރަނީ ފަހަރެއްގަ މަދުވެދާނެޔޭ ރީ ރަޖިސްޓްރީ ކުރެވޭ އަދަދަށް ބަލާފަ. އެހެންވީމަ 20 ފޮށި ބެހެއްޓޭނެކަމަށް އަންދާޒާކޮށްގެން ތައްޔާރީތައް ވަމުންދަނީ" ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ އިތުރަށް ވިދާޅުވީ ރީ ރަޖިސްޓްރޭޝަނަށް ދޭންވާ މުއްދަތަށް ސަމާލުކަން ނުދެވި އަބަދުވެސް ވޯޓުލާން ބޭނުންވާ ތަން ނޫން އެހެންތަނެއްގައި ރަޖިސްޓްރީ ވެފައި އޮންނަ ކަމަށް އެ ކޮމިޝަނަށް ޝަކުވާތައް އަންނަ ކަމަށެވެ. އެހެންކަމުން ވޯޓުލާން ޖެހޭތަން ޔަގީންކުރުމަށް ރި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެ ތާރިހުގައި ރީ ރަޖިސްޓްރީވާން ސަމާލުކަން ދިނުމަށް ޒަކަރިއްޔާ އެދިވަޑައިގެންނެވިއެވެ.
"ވަރަށް ބޮޑު އެދުމެއް ބައި އިލެކްޝަން ބާއްވާ 11 މެންބަރުންނަށް އަމާޒުކޮށްގެ ހުޅުވާލާ ރީ ރަޖިސްޓްރޭޝަނުގެ މުއްދަތުގެތެރޭގައި އެ ބޭފުޅަކު ރީ ރަޖިސްޓްރީކުރަން ހުޅުވާ މުއްދަތުގެ ތެރެއިން ރީީ ރަޖިސްޓްރޭޝަންކޮށް ނިންމުން." ޒަކަރިއްޔާ ވިދާޅުވިއެވެ.
އަހަރަކު ދެ ފަހަރު ބައި އިލެކްޝަންސްތައް ބޭއްވުމަށް ހަމަޖެހުނު އިސްލާހުގެ ދަށުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ތާވަލު ކުރި އިންތިހާބުން، 32 ދާއިރާއަކަށް ހުޅުވާލި ފުރުސަތުގައި އިންތިހާބު ބޭއްވޭ ވަރަށް، ކެންޑިޑޭޓުން ކުރިމަތިލާފައި އޮތީ 11 ދާއިރާއަކުން ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
"ބާކީ ހުރި ހުރިހާ ދާއިރާއަކަށް ކުރިމަތިލީ އިންތިހާބުކުރަން ޖެހޭ އަދަދަށް ކަމަށް ވާތީ އިންތިހާބަކާ ނުލައި އެ ދާއިރާތަކުގެ ގޮނޑިވަނީ ކުރިމަތިލީ ފަރާތްތަކަށް ކާމިޔާބުވެފަ. އިންތިހާބަކަށް ދާނީ ޖުމުލާ 11 ދާއިރާއަކުން. އޭގެތެރެއިންވެސް އެއް ރަށު ކައުންސިލު ފިޔަވައި ބާކީ 10 ދާއިރާއަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ގޮނޑިތައް." ޒަކަރިއްޔާ ވިދާޅުވިއެވެ.
ވޯޓު ފޮށިތައް ކައިރީ ތިބޭނެ އޮފިޝަލުން ހޯދުމުގެ މަސައްކަތްތައްވެސް ކުރިޔަށް އެބަދާ ކަމަށާއި ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމުމުން މެނުވީ ފޮށިތަކަށް ބޭނުންނާ އޮފިސަރުންނާއި ވޯޓު ލުމުގެ ހައްގު މީހުންގެ ޖުމުލަ އަދަދު ވިދާޅުވާން ދަތިކަ ކަމަށް ޒަކަރިއްޔާ ވިދާޅުވީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު