ޓްރަމްޕުގެ ބަހެއް ހޯދުމަށް ޗާގޯސް މައްސަލަ މަޑުޖައްސާލައިފިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލާފައިވަނީ އެކަމުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮންލްޑް ޓްރަމްޕުގެ ބަހެއް ހޯދުމަށް ކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.
އަންނަ ހަފުތާގެ ހޯމަ ދުވަހު އެމެރިކާގެ ރިޔާސަތާ ޓްރަމްޕް ހަވާލުވެވަޑައިގަތުމުގެ ކުރީން މޮރިޝަސް އިން ވަނީ ޗާގޯސް ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މަސައްކަތް ކޮށްފައި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން މޮރިޝަސްގެ ކެބިނެޓުން ބުދަ ދުވަހު އެކަމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޔޫކޭއިން ޗާގޯސް އައިލެންޑް މޮރިޝަސް އަށް ހަވާލުކުރުމަށް ނިންމި ނަމަވެސް ޔޫކޭއާއި އެމެރިކާ ގުޅިގެން މިލިޓަރީ ބޭސް ހިންގާ ޑިއެގޯގާސިއާ 99 އަހަރަށް ދީފައިވާ އެއްބަސްވުން ކުރިޔަށް ގެންދަން ވަނީ ނިންމައިފައެވެ.
ޗާގޯސްގެ މައްސަލައިގެ އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން ބަހެއް ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ