ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހަކު ހިފެހެއްޓުމުން ރެންޗަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ވައްކަން ކުރަން އުޅުނު މީހާ މާރާމާރީ ހިންގީ އޭނާ ހިފެހެއްޓި އެ ކުންފުނީގެ މުވައްޒަފަކަށް ކަމަށެވެ. އަދި އެ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސްޓެލްކޯ އިން މީޑިއާއާ ހިއްސާކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ހަމަލާގައި މުވައްޒަފުގެ ވާތު ލޯ މަތިން ވަނީ ފަޅައިގެން ގޮސްފައެވެ.
ޓްރާންސްފޯމަރަށް ގެއްލުން ދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ފަހުމީ ވިދާޅުވީ، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު