ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި 12 ގެއެއް ބަލައި ފާސްކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް، މިއަދު "ވަން" އަށް ވިދާޅުވީ އެ އޮޕަރޭޝަންގެ ތެރެއިން މީދޫން ހަތް ގެޔަކާއި އަލިފުށިން ފަސް ގެޔެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ގެތަކެއް ބަލައި ފާސްކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ކަމެއް ކަށަވަރެއް ނުކޮށްދެއެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން އަލިފުއްޓާއި މީދޫގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.
ފުލުހުންގެ އެ އޮޕަރޭޝަން ފަށާފައިވަނީ، އެ ދެ ރަށުގައި ސިހުރު ހަދާ މައްސަލަ ބޮޑުވެފައިވާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު