އިންޑިއާގެ އެފްކޮމް ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޗާޓާޑް ޝެޑިއުލް ކާގޯގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ފެއްޓުމުގެ ގޮތުން، އިންޑިއާގެ ޗެންނާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަނީ 30 ޓަނުގެ ކާގޯ އެތެރެކޮށްފައެވެ. އެ ކާގޯ އެތެރެކޮށްފައިވަނީ އެތިހާދް އެއާވޭސްގެ ފްލައިޓެއްގައެވެ.
އެމްއޭސީއެލުން ބުނީ، އަލަށް ފެށި ކާގޯގެ ހިދުމަތުގެ ދަށުން ކޮންމެ ހަފުތާއަކު އެފްކޮމްގެ ތިން ފްލައިޓް އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އޮޕަރޭޝަންތައް ފުޅާކުރުމަށް ރާވައިފައިވާ ކަމަށެވެ.
އެގޮތުން ވީއައިއޭ މެދުވެރިކޮށް ކާގޯ އެތެރެކުރުމާއި ބޭރުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ބޮޑެތި އެއާލައިން ތަކާއެކު އިންޓާލައިން އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތްވެސް އެފްކޮމް އެއާލައިންސް އިން ކުރަމުން ގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެފްކޮމް ހޯލްޑިންގްސް ލިމިޓެޑަކީ އިންޓަނޭޝަނަލް ކާގޯ އެއާލައިންގެ މަސައްކަތް ކުރަމުން އަންނަ ޗެންނާއީގެ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ އާސިއާންގެ ގައުމުތަކަށްވެސް ކާގޯގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު