މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު އަދަދެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 2024 ވަނަ އަހަރު "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އިފުތިތާހު ކުރުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަރައްގީކުރުމަށް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެކެވެ.
އަދި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ހަރަދު ކުރެވެމުންދަނީ ޝަރުއީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އޭގެ ހައްގުވެރިންގެ މައްޗަށްކަން ޔަގީންކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު