ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން އަލިފުއްޓާއި މީދޫގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވާ އިރު، މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް ކަށަވަރެއް ނުކޮށްދެއެވެ.

ފުލުހުންގެ އެ އޮޕަރޭޝަން ފަށާފައި މިވަނީ، އެ ދެ ރަށުގައި ސިހުރު ހަދާ މައްސަލަ ބޮޑުވެފައިވާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.