އަގު ބޮޑު ފައިސާގެ އިނާމުތަކާއި އިތުރު އެތައް އިނާމުތަކަކާ އެކު، ރެޑްވޭވް ރޯދަ ސޭލް ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސުޕަމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ރޯދަ ސޭލް ކުރިޔަށް ގެންދަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ރޯދަ ސޭލް މުއްދަތުގައި، ރެޑްވޭވްގެ ފިހާރަތަކުން ކުރާ، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ. ރޯދަމަހަށް ހާއްސަކޮށްގެން ރެޑްވޭވުން ވިއްކާ މުދަލުންވެސް ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށާއި އެކި މުދާތަކުން ފަސް ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

ރޯދަ މަހަށް ތައްޔާރުވުމަށް ދިވެހީން އާންމުކޮށް ބޭނުންވާ ގިނަ މުދާތަކުން ވަރަށް ބޮޑެތި ޑިސްކައުންޓްތައް ދޭން ހަމަޖައްސައިފައިވާއިރު، ނަސީބުވެރި ފަރާތްތަކަށް ބޮޑެތި އިނާމުތައް ދޭންވެސް ވަނީ ނިންމައިފައެވެ. އެ ގޮތުން، ރޯދަ ސޭލުން އެއްވަނައަށް ހޮވޭ ފަރާތަކަށް -/100،000ރ، (އެއް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ. ދެވަނައަށް ހޮވޭ ހަތް ފަރާތަކަށް -/10000 ރުފިޔާގެ ގިފްޓް ވައުޗަރު، އަދި ތިން ވަނައަށް ހޮވޭ ފަސް ފަރާތަކަށް 5000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރެޑްވޭވުން ބުނެއެވެ.

މި ފަހަރުގެ ސޭލްގެ ހާއްސަ އައިޓަމްތަކުގެ ތެރޭގައި ގިނަދުވަހަށް ގެންގުޅެވޭނެ ބަދިގެޔަށް ބޭނުންވާ ތެލިސެޓާއި ތަށިސެޓު ފަދަ ރީތި، ކޮލިޓީ މޮޅު ތަކެތި ހިމެނޭނެ ކަމަށް ރެޑްވޭވުން ބުނެއެވެ. މީގެ އިތުރުން، ބަދިގެތެރެއާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ކަބަޑްސެޓް ފަދަ ތަކެތީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސޯފާސެޓާއި ބެޑްރޫމްސެޓް ވެސް މި ސޭލްގައި ވަރަށް ބޮޑަށް އަގުހެޔޮވާނެ ކަމަށް ރެޑްވޭވުން ބުނެއެވެ.

ރެޑްވޭވްގެ ފިހާރަތަކަށް ގޮސް ވިޔަފާރިކުރާ ފަރާތްތަކުގެ އިތުރުން، ވެބްސައިޓް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް މޮ ސޭލްގައި ބައިވެރިވެވޭނެ ކަމަށް ރެޑްވޭވުން ބުނެފައިވެއެވެ.

އަގުހެޔޮކޮށް، ރަނގަޅު ފެންވަރުގެ މުދާ ވިއްކުމުގައި ރެޑްވޭވުން ވަނީ ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދައިފައެވެ. އަދި ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ކުރިޔށްގެންދާ ރޯދަ ސޭލަކީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ސޭލެކެވެ.