އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ 85 އަހަރުގެ ދިވެހި ފިރިހެނަކަށް ނިއުމޯނިއާ ޖެހި މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު އަލީ ސައީދު ނޫސްވެރީންނާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހާގެ އާއިލާގެ މީހަކު މިވަގުތު ނެތް ކަމަށެވެ. ނަމަވެސް އުމްރާގެ އަޅުކަމަށް އޭނާ ދިޔަ ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅު ކަމަށް ވިދާޅުވިއެވެ.

އެ މީހާގެ ދަރިފުޅަކު މާދަމާ މައްކާއަށް ދާނެ ކަމަށް ޝަހީމު ވިދާޅުވިއެވެ. އެ މީހާގެ ދަރިފުޅާ ގުޅުއްވައި ވާހަކަދައްކަވައިފައިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް، ވިދާޅުވީ އެ އުމްރާވެރިޔާގެ ކަންކަން ގާތުން ބައްލަވަމުންގެންދަވާ ކަމަށެވެ.