ހިޔާ ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ހިޔާ ޓަވަރު ތިނެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވެއްޓުނު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.