ލުބުނާނުގެ އާމީ ޗީފް ޖޯސެފް އައޮން އެގައުމުގެ ރައީސް ކަމަށް އިންތިހާބުކޮށްފިއެވެ.

އާމީ ޗީފް އެ މަގާމަށް އިންތިހާބުވެވަޑައިގެންފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓު ކާމިޔާބުކުރައްވައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 128 މެންބަރުންގެ ތެރެއިން 99 މެންބަރަކު އައޮން އަށް ވޯޓު ދެއްވައިފައިވެއެވެ. ބުރާސްފަތި ދުވަހު ނެގި ދެވަނަ ބުރުގެ އެވޯޓު ކާމިޔާބުކުރައްވައި، އިންތިހާބުވެވަޑައިގެންނެވި އައޮން ވަނީ މިއީ ލުބުނާންގެ ތާރީހު ބަދަލުކޮށްލާނެ އާ މަރުހަލާއެއްގެ ފެށުން ކަމަށް ވިދާޅުވެފައެވެ.

އިންތިހާބު ކާމިޔާބު ކުރައްވައި، އައޮން ވަނީ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން އެގައުމު އަލުން އާރާސްތު ކުރުމުގެ އިތުރުން ސަލާމަތީ ބާރުތައް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ލުބުނާނުގެ އެތެރޭގެ ހަމަނުޖެހުމުގެ ތެރެއިން ގައުމު ބައިބައިވެފައި ވަނިކޮށް އެގައުމުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި އިސްރާއީލުގެ ހަމަލާ ބަދަލުކުރުން ތަކުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ލުބުނާނު އަލުން އާރާސްތު ކުރުމަށް ބޭރުގެ އެހީއަށް އެދުމަށް ނުކުޅެދި ގައުމު ބަލައިނުގަނެފައިވަނީ އެގައުމުގައި އިންތިހާބީ ރައީސަކު ނެތި ގިނަ އަހަރުތަކެއް ވެގެން ދިއުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.