ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ ސްކޫލު ބަންދު ތެރޭ ބޭއްވި ހިތާނީ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހިތާނީ ކޭމްޕުގެ ތެރެއިން މިފަހަރުގެ ކޭމްޕުގައި ބައިވެރިވީ 160 ކުދިން ކަމަށާއި އެއީ މިދިޔަ އަހަރު ބޭއްވި ދެވަނަ ހިތާނީ ކޭމްޕް ކަމަށެވެ. އެންމެ ފަހުން ބޭއްވި ހިތާނީ ކޭމްޕް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ހިތާނީ ކޭމްޕަކީ ތަޖުރިބާހުރި ކޮންސަލްޓަންޓުންނާއި ސާޖަންއިންގެ ޓީމެއްގެ ބެލުމުގެ ދަށުން ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގަމުންދާ ކޭމްޕެކެވެ. އޭގެ ތެރޭގައި ހިތާނުކުރުމުގެ ކުރިން ދޭންޖެހޭ މަޝްވަރާތަކާއި ހިތާނުކުރުމުގެ އަމަލީ މަސައްކަތާއި އޭގެފަހުން ބަލަންޖެހޭ ބެލުންތަކާއި އެހެނިހެން މުހިންމު ކަންކަން ހިމެނިފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދާ ޖީ ވިދާޅުވީ، އެ ހިތާނީ ކޭމްޕަކީ ދިވެހި އާއިލާތަކުން ވަރަށް ބޮޑު އިތުބާރެއް ކުރާ ހިދުމަތަކަށްވެފައި، އެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުރަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

ޓްރީ ޓޮޕުން ވަނީ ރައްޔިތުންގެ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން، ކުރިއަށްއޮތް ސްކޫލު ޗުއްޓީތަކާ ދިމާކޮށް އިތުރު ހިތާނީ ކޭމްޕްތަކެއް ބޭއްވުމަށް ރޭވެމުންދާ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ހާމަކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.