ޓުއަރިސްޓު ވިސާގައި ސްރީ ލަންކާއަށް އެތެރެވެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފިއެވެ.
ސްރީލަންކާ އިން ވަނީ އެ ގައުމަށް އެތެރެވާ ބޭރު މީހުންގެ ތެރެއިން ޓުއަރިސްޓު ވިސާގައި އެތެރެވާ މީހުންގެ މައްސަލަތަކެއް ފެންމަތިވެ އެންމެފަހުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އެ މައްސަލަ ވައްދައިފައެވެ.
ލަންކާގެ މަޖިލީސް މެންބަރަކު އެ ގައުމުގެ ބޮޑުވަޒީރު ހަރީނީ އަމަރަސޫރިޔާ އާއި ސުވާލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ ގައުމުގައި ޓުއަރިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި އިސްރާއީލުގެ މީހެއްގެ މައްސަލައިގައި ޖަވާބު ދެއްވަމުން ބޮޑު ވަޒީރު ވަނީ އެކަންކަން ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ.
ލަންކާގެ ބޮޑުވަޒީރު ހަރީނީ އަމަރަސޫރިޔާ ވިދާޅުވީ ޓުއަރިސްޓުން ވިޔަފާރި ކުރަމުން އަންނަ މައްސަލަ އަކީ ސަރުކާރަށް ފާހަގަވެ އެކަމުގައި އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމެއް ކަމަށެވެ.
ލަންކާ އަކީ ދިވެހީން ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމުގައި ދަތުރުކުރާ ގައުމެެކެވެ. އަދި ޓުއަރިސްޓު ވިސާގައި އެތެރެވެ ލަންކާގައި ވިޔަފާރި ކުރުމަކީ ބައެއް ދިވެހިން މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ