ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ އެންމެ ސާފު މިސާލު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތަކެއް ކުރައްވައިފައެވެ.
އެ މަޝްވަރާގެ މައުލޫމާތު ހިއްސާކުރެއްވުމުގެ ގޮތުން ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖެ އަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން މި ފަހުން ފޯރުކޮށްދިން އެހީތެރިކަން ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.
"ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފޯރުކޮށްދިން މި އެހީތެރިކަމުގެ ސަބަބުން، ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނު ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ޖައިޝަންކަރު ވިދާޅުވިއެވެ.
"ރާއްޖެއާ އެކު އިންޑިއާ އަބަދުވެސް އޮންނާނެ ކަން ވަނީ ހާމަވެފައި. ރާއްޖެއަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އެންމެ ސާފު މިސާލު،"
ރާއްޖެ އާއި އިންޑިއާ ދެމެދު މިއަދު ވަނީ ރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖައިޝަންކަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު