ހުޅަނގު އައްސޭރީގައި އަލްޖަޒީރާ ޗެނަލް ހިންގުން ސަސްޕެންޑުކޮށްފިއެވެ.
ފަލަސްތީނުގެ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދޭ ޗެނަލް އަލްޖަޒީރާގެ ބްރޯޑްކާސްޓު ހުއްޓާލައި އެޗެނަލް ސަސްޕެންޑު ކުރުމަށް ނިންމާފައިވަނީ ފަލަސްތީނުގެ ސަރުކާރުންނެވެ.
އަލްޖަޒީރާގެ އޮފިޝަލުން ވަނީ އެޗެނަލްގެ އޮޕަރޭޝަން ސަސްޕެންޑުކޮށްފައި ވަނީ ދާދިފަހުން ފަލަސްތީނުގެ ސެކިއުރިޓީ ފޯސް އާއި އެގައުމުގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތާ ދެމެދު ޖެނިން ރެފިއުޖީ ކޭމްޕުގައި ހިނގި ހަމަނުޖެހުމުގެ ކަވަރޭޖާ މެދު ފަލަސްތީނުގެ ސަރުކާރުން ހިތްހަމަ ނުޖެހިގެން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
މީގެ ކުރިން އަލްޖަޒީރާއިން އިޒްރޭލުގައި ހިންގަމުން ދިޔަ އޮޕަރޭޝަން ހުއްޓުވަން އަލްޖަޒީރާގެ އޮފީހަށް އިޒްރޭލު ސިފައިން ވަދެ އޮޕަރޭޝަން ވަނީ ހުއްޓުވައިފައެވެ.
އަލްޖަޒީރާއިން ވަނީ ފަލަސްތީނު ސަރުކާރުން އެގައުމުގެ ސިފައިންގެ އޮފިސަރެއް އޮފީހަށް ފޮނުވައި ހުޅަނގުއައްސޭރީގެ އޮޕަރޭޝަން ހުއްޓުވަން އަންގައި ލިއުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ