ޔޫކްރޭނު ހުރަސްކޮށް ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ރަޝިޔާއިން ހުއްޓާލައިފިއެވެ.
ރަޝިޔާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލާފައި މިވަނީ ގޭސް ފޯރުކޮށްދިނުމަށް ހަދާފައިވާ އެއްބަސްވުން ނިމުމާ ގުޅިގެން އިތުރަށް އާނުކުރުމަށް ރަޝިޔާއިން ނިންމުމުންނެވެ.
ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވަނީ އެގައުމު މެދުވެރިކޮށް ރަޝިޔާއިން އެތައް ބިލިއަނެއް ހޯދުމަށް ކުރާ މަސައްކަތް ކުރިޔަށް ގެންދަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.
ރަޝިޔާއާއި މެދުވެފައިވާ އެއްބަސްވުން ނިމުކަކަށް އައި ނަމަވެސް ޔޫރަޕްގެ ގައުމުތަކަށް އެކަމުގައި ދަތި ނުވާނެކަމަށް އީޔޫއިން ބުނެއެވެ. އީޔޫއިން ވަނީ މެންބަރު ގައުމުތަކުން އެކަމަށް ތައްޔާރު ވެފައިވާކަމަށް ބުނެފައެވެ.
ރަޝިޔާގެ ގެޒްޕްރޯމް އިން ވަނީ ބުދަދުވަހުން ފެށިގެން އެ ގައުމުގެ ގޭސް ޔޫރަޕަށް ދެން ނުލިބޭ ނެކަމަށް އަންގައިފައެވެ. ޔޫރަޕްގެ ގައުމުތަކަށް ޔޫކްރޭން ހުރަސްކޮށް ގޭސް ފޯރުކޮށްދޭން ރަޝިޔާއިން ފަށާފައިވަނީ 1991 ވަނަ އަހަރުން ފެށިގެންނެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވަނީ އެގައުމަށް ގެއްލިގެން ދިޔައީ މުހިންމު މާކެޓެއް ނަމަވެސް އެކަމުން އެންމެ ގެއްލުން ވާނީ ޔޫރަޕުގެ ގައުމުތަކަށް ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ