މާލެއާ 900 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ،

މެޓް އޮފީހުން މިއަދު ބުނީ އެ ބިން ހެލުން އައިސްފައިވަނީ 4.7 މެގްނިޓިއުޑް ބާރުމިނުގައި ކަމަށެވެ. އަދި އެ ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި ރާއްޖެއަށް ނުރައްކަލެއް ވެސް ނެތް ކަމަށެވެ.

ބިން ހެލުން އައިސްފައި ވަނީ މާލެއާ 912 ކިލޯމީޓަރު ދުރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެ ބިންހެލުން އައީ މިއަދު މެންދުރު ފަހު 1:38 ގައި، އިންޑިއާ ކަނޑުގެ އަޑީގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށެވެ. އެއީ، ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ. މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެއެވެ. ރާއްޖެއިން އެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަނީ އައްޑު އަތޮޅެވެ.