މިފްކޯގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް މަސްވެރިކަން ކުރިއަރުވަން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ ޗެއާމަންގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ޗެއާމަންކަމުން މިއަދު އޭނާ ވަކިކޮށްފައިވާ ކަމަށެވެ. އަދި އެމްއެފްއޯއާރުއެމްޕީސީގެ ޗެއާމަންކަމަށް އޭނާ އައްޔަންކޮށްފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކުންފުނި އުފައްދައިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.
ރާއްޖޭގެ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރަން، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނި އެމްއެފްއޯއާރުއެމްޕީސީގައި ޝަރީފްގެ އިތުރުން އެމްޑީއަކާއި ހަތަރު ބޯޑު މެންބަރުން ތިއްބަވައެވެ. އެއީ:
- އެމްއެފްއޯއާރުއެމްޕީސީގެ މެނޭޖިން ޑިރެކްޓަރު: އަހުމަދު ޒަރީރު
- އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: މުންޝިދާ އިބްރާހީމް
- އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އަހުމަދު ޝިފާޒް
- އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އަހުމަދު ޔާމީން
- އެމްއެފްއޯއާރުއެމްޕީސީގެ މެންބަރު: އާދަމް މަނިކު
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި