ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފިއެވެ.
އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ.
އެ ރަށުގެ ބަނދަރު މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް ބަނދަރު ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2023 ޖުލައި 18 ގައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 ސެޕްޓެމްބަރު ހަ ވަނަ ދުވަހުގައެވެ. އެ މަޝްރޫއު ނިންމަންދީފައިވާ މުއްދަތަކީ 18 މަސްދުވަހެވެ.
އުލިގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 73.88 މިލިއަން ރުފިޔާއަށެވެ.
- ކުރިން ފުންކޮށްފައިވާ ފަޅުން 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
- 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުން
- 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
- 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު