ވައިގެ މަގުން ރާއްޖެއަށް 2.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން އިއްޔެ ބުނީ އެތަކެތި އަތުލައިގެންފައިވަނީ 2024 ޑިސެމްބަރު 26 ވަނަ ދުވަހު ތައިލޭންޑްއިން ރާއްޖެ އައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެން ޕަސިންޖަރުންގެ އަމަލުތައް ހުރިގޮތުން އެ ޕަސިންޖަރުންނާ މެދު ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ޕަސިންޖަރުންގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓައި ކަމަށެވެ.
އެތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި މެޑްފްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަތުލައިގަތް ހެރޮއިންގައި 0.32 ކިލޯގްރާމް އަދި މެފްޑްރޯންގެ ބަރުދަނުގައި 2.4 ކިލޯހުރި ކަމަށް ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 5.5 މިލިއަން ދިވެހި ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލުވާ ދެ މީހުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ބަންދު އަމުރުގައިވާ ގޮތުން މި ދެ މީހުންގެ ރާއްޖެ އައި އިރު އަރައިގެން ހުރި އިސްޓާކީނުގެ ތެރެއިންނާއި ބޮކްސާ ތެރެއިން ޑްރަގް ފެނިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު