އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ، ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑުގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހުގެ 18:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ދީފައެއް ނުވެއެވެ. އަދި އެކަމުގައި ތުހުމަތުކުރެވޭ މީހާގެ ނަމެއް ވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ތޮއްޑޫގައި އިސް މަގާމެއް އަދާކުރައްވަމުން ގެންދެވި ބޭފުޅަކު، އެ އަންހެން މީހާއަށް އަނިޔާކުރި ކަމުގެ ތުހުމަތުތައް ސޯޝަލް މީޑިއާ ކޮށްފައިވީ ނަމަވެސް، މިހާތަނަށް "ވަން"އަށް އެކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ސޯޝަލް މީޑީއާގައި އެ މައްސަލައިގެ ތުހުމަތުވާ ބޭފުޅާ "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އޭނާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ ތެދު މައުލޫމާތެއް ނޫން ކަމަށާއި އެކަން ތޮއްޑޫ ޕޮލިސް ޕޯސްޓުން ޔަގީންކުރެވޭނެ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.