ފަލަސްތީނުގެ އާންމުން މަރައި އެމީހުންގެ ހަށިތަކަށް ގެއްލުން ދިން އިސްރާއީލު ސިފައިންގެމީހާ ލަންކާގައި ހުރި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އެންމެ ކުރީސަފުގައި ހަރަކާތްތެރިވި އަދި ފަލަސްތީނުގެ އާންމުން މަރައި އެމީހުންގެ ހަށިތަކަށް ގެއްލުން ދިން އިސްރާއީލު ސިފައިންގެމީހާ، ގަލް ފެރެންބޫކް ލަންކާގައި ހުރިކަމުގެ މައުލޫމާތު އާންމުވެފައިވާއިރު އޭނާ ހައްޔަރު ކުރުމަށް އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.
މިދިޔަ ހަފުތާގައި ލަންކާގައި ހަރަކާތްތެރިވާ ދަ ހިންދް ރަޖަބް ފައުންޑޭޝަނުން ވަނީ ލަންކާ ސަރުކާރުން އޭނާ ހައްޔަރުކުރަން ޖެހޭ ކަމަށާއި އެމީހުންނަކީ ފަލަސްތީނުގެ އާންމުން މެރުމުގައި ހަރަކާތްތެރިވި މީހުން ކަމަށް ފާހަގަކޮށްފައެވެ.
ދަ ހިންދް ރަޖަބް ފައުންޑޭޝަނުން ބުނީ ލަންކާ ސަރުކާރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ނިންމުމަށް ބޯލަނބައި އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރު ކުރާން ޖެހޭ ކަމަށެވެ.
ލަންކާގައި ހަރަކާތްތެރިވާ ފްރީ ޕަލެސްޓައިން މޫވްމަންޓާއި ދަ ޔުނައިޓެޑް ފެޑަރޭޝަން އޮފް ލޭބާއިން ވަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތަކުގައި ވެސް އެމީހާ ހައްޔަރުކުރުމަށް ވަނީ ގޮވާލާފައެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ ތުހުމަތުވާ މީހާ ލަންކާގައި ހުރިކަމުގެ ރަސްމީ މައުލޫމާތު ލިބިފައި ނުވާކަމަށް ރިޕޯޓުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ